
މާލޭ ގެއެއްގެ ތެރެއިން މީގެކުރިން ފެނިފައިވާ ބަނގުރާ ފުޅިތަކަކާއި ބިއަރު ދަޅުތަކެއް | ފޮޓޯ: ޕޮލިސްމީޑިއާ
ބަނގުރާ ކަމަށް ޝައްކުކުރެވޭ 20 ލީޓަރުގެ 2 ހަމާއެކު 2 ބިދޭސީން އއ.ތޮއްޑޫން އިން ހައްޔަރު ކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހާމަކުރާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެތް ކަމަށާއި މި ދެމީހުންނަކީ ވެސް އިންޑިޔާގެ ދެ މީހުން ކަމަށެވެ.
މީގެ އިތުރުން މި ދެ މީހުންނަކީ އެރަށު ކެފޭއެއްގައި މަސައްކަތް ކުރާ ދެ މީހުން ކަމަށާއި މިދެ މީހުން ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސް ކުރިއިރު އެތަނުން ބަނގުރާ ކަމަށް ޝައްކުކުރެވޭ 20 ލީޓަރު ގެ ދެ ހަން ވެސް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...