މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ރައީސް މުހަންމަދު ވަހީދު އިއްޔެ އުވާލައްވައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ރައީސް ވަހީދު އެ ފިޔަވަޅު އެޅުއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެންބަރުން ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ކަންތައްތައް ކުރައްވާފައި ހުރި ކަމުގެ ޝަކުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ނާޖާއިޒު ފައިދާ ނަންގަވަމުން ގެންދަވާ ކަމުގެ ޝަކުވާ ރައީސްއަށް ލިބިވަޑައިގަންނަވަމުންދާތީއާއި، އެ ބޯޑުގެ ބައެއް މެންބަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކުރައްވައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ރައީސްގެ އަރިހަށް ހުށަހަޅުއްވާފައިވާތީކަމަށެވެ.
ބޯޑުގައި މިހާރު ތިއްބެވި ހުރިހާ މެންބަރުން އިއްޔެ ވަކިކުރައްވާފައިވަނީ، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު އަލުން އެކުލަވައިލައްވަން ރައީސް ނިންމެވުމަށްފަހުގައެވެ.
އެމްޕީއެލްގެ ބޯޑު، އަލުން އެކުލަވައިލައްވާއިރު، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް، އެ ބޯޑުން މިހާރުވެސް ދެއްވާފައިވާ ޖާގަތަކަށް ބޭފުޅުން ހުށަހެޅުއްވުމުގެ ފުރްޞަތު، އެ ޕާޓީތަކަށް ދެއްވާގޮތަށް ރައީސް ވަނީ ނިންމަވާފައިކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
އަށް މެންބަރުންގެ އެމްޕީއެލް ބޯޑުގައި ތިއްބަވަނީ އެމްޕީއެލްގެ މެނޭޖިންޑައިރެކްޓަރު އަދި ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދާއި ހ. ތެމާ މުހަންމަދު ޝިޔާމާއި ށ. ކޮމަންޑޫ ހިޔަލީގޭ އަބްދުލްމަތީން އަހުމަދާއި އިބްރާހިމް ޒަކީ (ހަޒާޝް ޒަކީ) އާއި ސ. ހުޅުދޫ ރިޔާޒާއި މ. މީދުއްފަރު އަހުމަދު ނާސިރާއި ދަފްތަރު ހުސައިން އަރީފާ އަދި މުހަންމަދު ހާޝިމެވެ.

















ޚިޔާލު