ރާއްޖޭގެ ޚަބަރު ނޫސްވެރިންނަށް އަމާޒްކޮށް ހަމަލާ ދޭތީ އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިންނަށް އަމާޒްކޮށް ހަމަލާ ދޭތީ އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިންނަށް އަމާޒްކޮށް ހަމަލާ ދޭތީ އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން | ފޮޓޯ: ދިއިސްލާމް

އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން | ފޮޓޯ: ދިއިސްލާމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒަހަރާތަކުގެ ތެރޭގައި ނޫސްވެރިންނަށް އަމާޒްކޮށްގެން ހަމަލާތައް ދެމުންދާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްޖޭއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި ވީ ޓީވީގެ ކެމެރާމަނަކަށް އަނިޔާލިބިފައިވާ ކަމަށާއި ބައެއް ނޫސްވެރިންނާއި ކެމެރާމަނުންގެ މަސައްކަތަށް ހުރަސްއަޅާފައިވާ ކަމުގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބިފަވާކަމަށެވެ.

މީގެ އިތުރުން މިފަދަ ކަންކަމަކީ ރާއްޖޭގައި މިއަދު އޮތް މިނިވަން މީޑިޔާގެ ވެއްޓަށް ހުރަސްއެޅި މީޑިޔާގެ މިނިވަންކަން ފަހަތަށް ޖެހޭނެ ކަމަކަމަށް ވާތީ އެއްވެސް ފަރާތަކުން މިފަދަ އަމަލުތައް ނުހިންގުމަށް ވެސް އެ ޖަމިއްޔާ އިން ނެރުނު ނޫސް ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

އަދި ހަމަ މިއާއެކު ނޫސްވެރިން ޚަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް މައުލޫމާތު ފެތުރުމަށާއި ނޫސްވެރިން އެކިއެކި ހަރަކާތްތައް ކަވަރު ކުރުމުގެ އަޚުލާގީ މިންގަނޑުން ބޭރުވެ މަސައްކަތް ނުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.