ރާއްޖޭގެ ޚަބަރު ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޖަލްސާއެއް ވައިކަރަދޫގައި ބާއްވައިފި

ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޖަލްސާއެއް ވައިކަރަދޫގައި ބާއްވައިފި

ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޖަލްސާއެއް ވައިކަރަދޫގައި ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ރޭ ވައިކަރަދޫގައި އޮތް ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭތޮގުން މަޢުލޫމާތު ދިނުމުގެ ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ: ޢަލީ ފާޒިލް

ރޭ ވައިކަރަދޫގައި އޮތް ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭތޮގުން މަޢުލޫމާތު ދިނުމުގެ ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ: ޢަލީ ފާޒިލް

ބެލެނިވެރިންނާއި ޓީޗަރުންނަށް އަމާޒުކޮށްގެން، ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޖަލްސާއެއް ހދ. ވައިކަރަދޫ ގައި ބާއްވައިފިއެވެ.

ހދ. އަތޮޅު ކައުންސިލާއި ހދ. ވައިކަރަދޫ ކައުންސިލް އަދި ހދ. އަތޮޅު މަދަރުސާ އާއި ގުރުޢާނާބެހޭ މަރުކަޒާ ގުޅިގެން ބޭއްވި މި ޖަލްސާގައި އައްޝައިޚް ޢަބްދުލް އަޒީޒް ޙުސައިން (އަޒީބެ) އާއި ނަފްސާނީ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވާ ޑރ. އައިޝަތް އަލީ ނާޒް ބެލެނިވެރިންނާ މުހާތަބުކޮށް ވާހަކަދައްކާފައިވެއެވެ.

ރޭ 21.00 ގައި ހދ. އަތޮޅު މަދަރުސާގެ ޖަލްސާކުރާ ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދެއްކެވި ޝެއިޚް އަޒީބެ އަދި ޑރ. ނާޒު ގެ ވާހަކަފުޅުގައި، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބަޔަކަށް ވުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރި ވެދެއްވިއެވެ. އަދި ހެޔޮ ކަންތައް ކުރުމަށް ބުނެ އެކަން ޢަމަލުން ދައްކާ ނަމޫނާ ބަޔަކަށް ވުމަށް ބެެނިވެރިންނަށް ގޮވާލެއްވިއެވެ.

އޭޝިއާ ފައުންޑޭޝަންގެ އެހީގައި ހދ. އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކަށް އަމާޒުކޮށްގެން ބެލެނިވެރިންނާއި ޓީޗަރުންނަށް އަމާޒުކޮށްގެން، ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ބާއްވާ 1 ދުވަހުގެ ވޯކްޝޮޕް މާޗް މަހުގެ ތެރޭގައި ވައިކަރަދޫގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕްގައި ވައިކަރަދޫގެ މީހުންނާ އެކު 100 މީހުން ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.