ރާއްޖޭގެ ޚަބަރު ބާ ޖަމާލުއްދީން ހުސްކުރަން އަންގައިފި

ބާ ޖަމާލުއްދީން ހުސްކުރަން އަންގައިފި

ބާ ޖަމާލުއްދީން ހުސްކުރަން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ޖަމާލުއްދީން ސްކޫލުގެ ބާ އިމާރާތް | ދިއިސްލާމް ފައިލް ފޮޓޯ

ޖަމާލުއްދީން ސްކޫލުގެ ބާ އިމާރާތް | ދިއިސްލާމް ފައިލް ފޮޓޯ

ޖަމާލުއްދީން ސްކޫލުގެ ބާ އިމާރާތް ނުވަތަ ޤައުމީ ޔުނިވަސިޓީގެ ޖީ ބުލޮކް އިމާރާތް ހުސްކޮށް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ތަން ހަވާލުކުރަން ގައުމީ ޔުނިވަސިޓީ އާއި ކަމާ ބެހޭ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

ހައުސިން މިނިސްޓްރީ އިން މިހެން އަންގާފައިވަނީ އެ އިމާރާތަކީ ކޮންމެ ވަގުތެއްގައި ވެސް ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތް ތަނެއް ކަމަށް އެސެސްމަންޓްތަކުން ދައްކާތީ ކަމަށް ހައުސިން މިނިސްޓްރީއިން ހާމަކުރެއެވެ.

މި ކަމާގުޅޭ ގޮތުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެޓާނީ ޖެނެރަލްގެ ލަފަޔާ އެކު، ޖަމާލުއްދީންގެ ބާ އިމާރާތް ހުސްކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށާ އިމާރާތް ވަގުތުން ވަގުތަށް ހުސްކޮށް އެ ތަން ތަޅާލުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.