މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ޖާރނަލިޒަމް ފޮރ ފްރީ ލާންސް ޖާރނަލިސްޓް ކޯސް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި އެ ކައުންސިލުން މިއަހަރު ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މި ކޯހަކީ ނޫސްވެރިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ފްރީލާންސް ކޯހެއް ކަމަށެވެ. އެގޮތުން 20 ފަރާތަކުން މި ކޯހުގައި ބައިވެރިވެފައި ވާކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
މީޑިއާ ކައުންސިލުން އިތުރަށް ހާމަ ކުރާގޮތުގައި މި ކޯހުގެ މަޤުޞަދަކީ ދިވެހި ނޫސްވެރިކަމުގެ ފަންނު ކުރިއެރުވުމަށްޓަކައި، އަމިއްލަ ގޮތުން ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިކަމުގެ ހުނަރު އެންމެ އަސާސީ ފެންވަރަށް ދަސްކޮށްދިނުން ކަމަށެވެ. އަދި މިކޯހުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އަލްފާޟިލް މުޙައްމަދު ނަޒީފްއެވެ.
މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ ޏ. ފުވައްމުލަކުގައި ކަމަށާއި ކޯސް ކުރިއަށް ގެންދާނީ 5 ދުވަހުގެ މުއްދަތަށް ކަމަށްވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...