އެލް ކިޔު ސްޕޯޓްސް ކުލަބުގެ ފަރާތުން ޛިކްރާގެ ނަމުގައި ޤުރުއާން މުބާރާތެއް މިމަހުގެ 28ހުން އަންނަ މަހުގެ 3ގެ ނިޔަލަށް ބޭއްވުމަށް ހަމަޖައްސާފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އެލް ކިޔު ސްޕޯޓްސް ކުލަބް އިން ހާމަކުރި ގޮތުުގައި މިމުބާރާތް އިންތިޒާމް ކުރަނީ މުޙިއްޔިއްދީން ސްކޫލާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އެހީތެރިކަމާ އެކުގައި ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ވިލިމާލޭގައި ދިރިއުޅޭ ކުދިންނަށް އެކަނި ކަމަށެވެ.
އެލް ކިޔު ސްޕޯޓްސް ކުލަބް އިން އިތުރަށް ހާމަކުރައްވާ ގޮތުގައި 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށަށް އުމުރުފުރާ ބަހާލާފައި ވާއިރު މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން ބަލައިގެން ކިޔުމާއި ނުބަލާ ކިޔުމުގެ ގޮފީން އެއްވަނަ، ދެވަނަވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައި ވާކަމަށެވެ.
މީގެއިތުރުން ބައިވެރިވުމަށް އެދޭ ފޯމް މުޙިޔިއްދީން ސްކޫލުން ލިބެން ހުންނާނެ ކަމަށާއި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ފުރުއްވުމަށްފަހު 20 ފެބްރުއަރީ 2013 ވަނަ ދުވަހުގެ ކުރިން މުޙިއްޔިއްދީން ސްކޫލްގެ އޮފީހަށް ހުށައެޅުމަށް އެލް ކިޔު ސްޕޯޓްސް ކުލަބް އިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...