
2012 ވަނަ އަހަރުގެ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ހަރަކާތްތެރިވި ދަރިވަރުންނަށް ޚާއްސަ އިނާމެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިގޮތުގައި ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުންނަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ހަދިޔާއެއް އަރުވަން ނިންމާފައި ވާކަމަށެވެ. އޭގެ ތެރޭގައި ޖަލްސާގައި ވާހަކަ ދެއްކި ދަރިވަރުނާއި ޤުރުއާން ކިޔެވި ދަރިވަރާއި ތަރުޖަމާ ކީ ދަރިވަރާއި ދުޢާ ކީ ދަރިވަރާއި މަދަހަ ކީ ދަރިވަރު ހިމެނެއެވެ.
ޝަހީމް ވިދާޅުވީ މި ހަދިޔާ ދިނުމަށް ނިންމެވީ އެކުދިންގެ ޤާބިލް ކަމާއި ހިއްވަރަށްޓަކައި އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...