ހުޅުމާލޭގެ މަގެއްގެ މަތީގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި މީނާއަކީ މ.މާކަރީ އުމުރުން 19 އަހަރުގެ މުޙައްމަދު ޝަހުދު ނާޒިމް ކަމަށާއި މީނާ މަރުވެފައި އޮއްވާފެނިފައިވަނީ މިއަދުގެ ފަތިހުގެ ވަޤުތެއްގައެވެ. އަދި މީނާ މަރުވެފައި އޮއްވާ ފެނުނީ ހުވަނދުމާ ހިނގުމާއި ހިތިގަސްމަގު ގުޅުނު ހަތަރު އަނގޯޅީ ކަންމަތީ ޕޭވްމަންޓް މަތިންނެވެ.
ފުލުހުން އިތުރަށް ބުނާ ގޮތުގައި މުހައްމަދު ޝަހުދު މަރުވެފައި ވަނީ އޯވަޑޯޒް ވެގެން ކަމަށް އޭނާ ބެލި ޑޮކްޓަރު ބުނެފައި ވާކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...