ރާއްޖޭގެ ޚަބަރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްސާއެކު 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްސާއެކު 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްސާއެކު 3 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
24 ޑިސެމްބަރ 2012 ވަނަ ދުވަހުގެ ރޭ ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބުލެޓް ސައިޒްގެ 100 ރަބަރު ޕެކެޓް | ފޮޓޯ : ޕޮލިސް

24 ޑިސެމްބަރ 2012 ވަނަ ދުވަހުގެ ރޭ ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބުލެޓް ސައިޒްގެ 100 ރަބަރު ޕެކެޓް | ފޮޓޯ : ޕޮލިސް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 4 ރަބަރު ޕެކެޓާއި 70 ހޮޅިކޮޅާއެކު 3 މީހަކު ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 3 ފިރިހެނުންނެވެ. އެއީ އުމުރުން 23 އަހަރާއި 25 އަހަރާއި 30 އަހަރުގެ 3 ފިރިހެނުންނެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު ގައްދޫ ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މި ތިން މީހުންގެ އަމަލުތައް ހުރި ގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން މި ތިން މީހުންގެ ހަރަކާތްތައް ބަލަމުންގޮސް މި ތިން މީހުންގެ ތެރެއިން އެކެއްގެ ގޭގައި ތިއްބައެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 4 ރަބަރު ޕެކެޓާއި 70 ހޮޅިކޮޅު ފެނިފައިވަނީ އެގޭތެރެ ބަލައި ފާސްކުރިއިރު އެގޭ ބަދިގެ ތެރޭގައި ހުރި މޭޒެއްގެ މަތިން ކަމަށްވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.