ރާއްޖޭގެ ޚަބަރު ހދ. އަތޮޅު މަދަރުސާގެ އިންޓަރހައުސް ޤުރުއާން ކިޔެވުމުގެ 19 ވަނަ މުބާރާތް ފެށިއްޖެ

ހދ. އަތޮޅު މަދަރުސާގެ އިންޓަރހައުސް ޤުރުއާން ކިޔެވުމުގެ 19 ވަނަ މުބާރާތް ފެށިއްޖެ

ހދ. އަތޮޅު މަދަރުސާގެ އިންޓަރހައުސް ޤުރުއާން ކިޔެވުމުގެ 19 ވަނަ މުބާރާތް ފެށިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ހދ. އަތޮޅު މަދަރުސާގެ އިންޓަރހައުސް ޤުރުއާން ކިޔެވުމުގެ 19 ވަނަ މުބާރާތުގެ ތެރެއިން | ފޮޓޯ: ހދ. އަތޮޅު މަދަރުސާ

ހދ. އަތޮޅު މަދަރުސާގެ އިންޓަރހައުސް ޤުރުއާން ކިޔެވުމުގެ 19 ވަނަ މުބާރާތުގެ ތެރެއިން | ފޮޓޯ: ހދ. އަތޮޅު މަދަރުސާ

ހދ އަތޮޅު މަދަރުސާގެ އިންޓަރހައުސް ޤުރުއާން ކިޔެވުމުގެ 19 ވަނަ މުބާރާތް މި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ފެށިއްޖެއެވެ.

މިމުބާރާތަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތިޤުރުއާނާއިމެދު ލޯބިޖައްސައި، ފަރިތަކަމާއެކު ތަޖުވީދުމަގަށް ރަނގަޅަށް ޤުރުއާން ކިޔަވަންއެނގޭ ދަރިވަރުން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށް ހދ އަތޮޅު މަދަރުސާއިން ހާމަކުރެއެވެ. އަދި އެއަތޮޅުގެ އަތޮޅު ޤުރުއާން މުބާރާތައް ތައްޔާރުވުމުގެގޮތުން ރަށުކައުންސިލުން ބާއްވާ މުބާރާތަށް އެމަދަރުސާއިން ވާދާކުރާނެ ދަރިވަރުން ހޮވުން ކަމަށްވެސް އެމަދަރުސާއިން ހާމަކުރެއެވެ.

މިމުބާރާތް ބާއްވަނީ ދެގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މިމުބާރާތް ބާއްވަނީ 7 ޢުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުންދަށް، 7 އަހަރުންދަށް،  9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް، 19 އަހަރުންދަށް އަދި 21 އަހަރުންދަށެވެ. މި މުބާރާތުގައި ނުބަލާކިޔެވުމުގެ ގޮފީގައި 24 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ގޮފީގައި 87 ދަރިވަރުން ( ޖުމުލަ 112 ދަރިވަރުން ) ވާދަކުރެއެވެ.

މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ނޮޅިވަރަމް ސުކޫލުގެ ރިލީފް ޓީޗަރ ހދ.ވައިކަރަދޫ އަލްފާޟިލް އަނަސް ޙުސައިނާއި ނޭކުރެންދޫ މަދަރުސާގެ ޤުރުއާން މުދައްރިސް އަލްފާޟިލާ ޢާއިޝަތު ޝަހިއްޔާއާއި ރިލީފް ޓީޗަރ ފާތިމަތު އަމްސޫދާއެވެ. މިމުބާރާތް 2 ފެބުރުއަރީ 2013 ވަނަދުވަހުގެ 5:30 އަށް ކުރިއަށްދާނެކަމަށް އެ މަދަރުސާގެ އިސްލާމް ކުލަބާ ހަވާލާދީ އެ މަދަރުސާއިން މަޢުލޫމާތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.