ރާއްޖޭގެ ޚަބަރު ފުވައްމުލަކުގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރަނީ

ފުވައްމުލަކުގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރަނީ

ފުވައްމުލަކުގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މިނިސްޓަރ ޝަހީމް ފުވައްމުލަކަށް ވަޑައިގެނަވައިފައި | ފޮޓޯ: ދިއިސްލާމް

މިނިސްޓަރ ޝަހީމް ފުވައްމުލަކަށް ވަޑައިގެނަވައިފައި | ފޮޓޯ: ދިއިސްލާމް

ފުވައްމުލަކުގެ ދަނޑިމަގު އަވަށުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމަށް ނިންމާފައި ވާކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޝަހީމް މިގޮތައް ނިންމެވި ކަމަށް ވިދާޅުވީ ފުވައްމުލަކަށް މިއަދު ހެނދުނުގެ ވަޤުތެއްގައި ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ދަނޑިމަގު އަވަށުގައި 2 މިސްކިތެއްގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހުގައެވެ. ޝަހީމް ވިދާޅުވީ ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި އެޅުމަށް ނިންމާފައި ވަނީ އެރަށުގައި ކުރިން ނަމާދު ކުރެވެމުން އައި މަސްޖިދުލް އިނާބާ ހުރި ތަނުގައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރ މިއަދު ބިންގާ އަޅުއްވައިދެއްވި 2 މިސްކިތަށްވެސް ޚަރަދުކުރަނީ އިސްލާމިކް މިނިސްޓްރީ އާއި އާންމު ފަރާތްތައް ގުޅިގެން ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.