އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީ ހިންގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 5 މީހެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްްސަލާގައި ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މީހުންނަކީ ސ.ހިތަދޫ ސަހަރާގެ، މުޙައްމަދު ރަޝީދު (22އ) އާއި ސ. ހިތަދޫ، ހާލާފަރު މާލިކު އަޙްމަދު ދީދީ (26އ) އާއި ސ. ހިތަދޫ ހާލާފަރު، މުޙައްމަދު ޝިފާޒު (23އ) އާއި ސ. ހިތަދޫ ހުދުމާވަހަރުގެއާގެ، އަޙުމަދު ޙުސައިން (26އ) އާއި ސ. ހިތަދޫ ހަވާސާ، ޙަސަން އަންވަރު (22އ) އެވެ.
މި ފަސް މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ، 2012 ޖުލައި 06 ވަނަ ދުވަހުގެ 17:18 ހާއިރު އައްޑޫ ސިޓީ ހިތަދޫގައި، މީހެއްގެ ގައިގަ ތަޅާ މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލަދިން މައްސަލައިގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...