ފުވައްމުލަކުގެ ދަނޑިމަގު އަވަށުގައި ބިނާކުރުމަށް ހަމަޖެހިފައިވާ 2 މިސްކިތެއްގެ ބިންގާ އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދް އަޅުއްވައި ދެއްވައިފިއެވެ.
މިނިސްޓަރ ޝަހީމް މި 2މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވުމަށް މިއަދުގެ ހެނދުނުގެ ވަޤުތެއްގައި ވަނީ ފުވައްމުލަކަށް ވަޑައިގަންނަވާފައެވެ. މިގޮތުން މިއަދު 10:30 ކަންހާއިރު ވަނީ މި އާ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވާފައި ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ލިބެއެވެ.
ފުވައްމުލަކުގައި އަލަށް ބިނާކުރާ މި 2 މިސްކިތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ދިވެހި އަމިއްލަ ފަރާތްތަކާއި ގުޅިގެން ޚަރަދު ކޮށްގެން ބިނާ ކުރާ 2 މިސްކިތް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަ ކުރެއެވެ. އަދި އޭގެ ތެރެއިން އެއް މިސްކިތުގައި 700 އެއްހާ މީހުންނަށް ނަމާދު ކުރުމުގެ ޖާގަ ލިބިގެންދާނެ ކަމަށާއި އަނެއް މިސްކިތުގައި 300 އެއްހާ މީހުންނަށް ނަމާދު ކުރުމުގެ ޖާގަ ލިބިގެން ދާނެކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...