ކ. ތިލަފުށީ ފަޅުގައި އަޅާފައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ ރޭ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު އަލިފާން ރޯވެފައި ވަނީ "މޫން ލައިޓް" ކިޔާ ބޯޓެއްގައި ކަމަށާއި އަލިފާން ރޯވި އިރު ހަ ދިވެހިންނާއި ދެ ބިދޭސީއަކު އެ ބޯޓުގައި ނިދާފައި ތިބި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ރައްކާތެރިކަމާ އެކު ބޯޓުން އެމީހުން ފައިބާފައިވާ ކަމަށް ހަނީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސަވިސް އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވި ނިއްވާލެވުނީ ރޭ ފަތިހު 5:00 އެހާކަންހާއިރު ކަމަށާއި އެ ބޯޓަށް ލިބުނު ގެއްލުމުގެ އަދަދެއް އަދި މިހާތަނަށް ސާފެއް ނުވާކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...