ޢަދާލަތު ޕާޓީއަށް ވަނުމަކީ ޢައިނިއްޔަ ފަރުޟެއްކަމަށް ޢަދާލަތުގެ އެއްވެސް އޮފިޝިއަލް ސްޓޭޓްމެންޓެއްގައި ބަޔާން ކޮށްފައި ނުވާނެ ކަމަށް ޢަދާލަތު ޕާޓީގެ ސްޕޯކްސް ޕާރސަން އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޝަހީމް ވިދާޅުވީ ޢަދާލަތު ޕާޓީގެ ނިއުސް ކޮންފަރެންސް އެއްގައިވެސް އަދި ޖަލްސާ އެއްގައިވެސް އެފަދަ ސިޔާސަތެއް ހާމަކޮށްފައި ނުވާނެ ކަމަށެވެ.
"އަދާލަތައް ނިސްބަތްވާ މީހަކީ އެމީހެއްގެ އަމިއްލަ ސައިޓުގައި ނުވަތަ އަމިއްލަގޮތުން ލިޔާ މަޒުމޫނެއްގައި އޭނާ އަށް ފެންނަ އެއްޗެއް ބުނެފައި އޮތުމަކީ އެއީ ޕާޓީ ގެ ސިޔާސަތައް އެކަން ވުމެއްނޫން" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިހެން މިކަން އޮތްއިރު އެއީ ޕާޓީގެ ސިޔާސަތުކަން ދޭހަކޮށް ޕާޓީން އެކަމަށް މަސައްކަތް ކުރާކަމަށް ދޭހަކޮށް ޤައުމީ ޔުނިވަރސިޓީގެ ބައެއް ވެރިންނާއި ސީނިއަރ ބައެއް ލެކްޗަރަރ އިން އެކި ވަޞީލަތް މެދުވެރިކޮށް ރައްޔިތުންނަށް ހަޤީޤަތް އޮޅޭގޮތައް ވާހަކަ ދައްކުމުން ދާކަމީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ޢަދާލަތު ޕާޓިއަކުން އެއްވެސް ހާލެއްގައި ނުބުނޭ ޕާޓީއަށް ވަނުމަކީ ފަރުޟު ޢައިނެއް ކަމަކަށް.. ނަމަވެސް އަދާލަތު ދެމިއޮތުމައް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ސިފަކުރަނީ" ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...