ރާއްޖޭގެ ޚަބަރު މާލޭ ގެއެއްގެ އިމާރާތެއް އަރިއަޅާލުމުން އެ އިމާރާތުން މީހުން ހުސްކޮށްފި

މާލޭ ގެއެއްގެ އިމާރާތެއް އަރިއަޅާލުމުން އެ އިމާރާތުން މީހުން ހުސްކޮށްފި

މާލޭ ގެއެއްގެ އިމާރާތެއް އަރިއަޅާލުމުން އެ އިމާރާތުން މީހުން ހުސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Dhiislam_Media_865s12

މ. ހުދު އަސުރުމާގޭގެ ހަތަރު ބުރީގެ އިމާރާތް އަރިއަޅައިލުމުގެ ސަބަބުން އެ އިމާރާތުން މީހުން ނެރެ ހުސްކޮށްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ހުދު އަސުރުމާގޭގެ ފިޔާތޮށި މަގަށް ހަދާފައި ހުރި އެ އިމާރާތް އަރިއަޅާލާފައި ވަނީ އެ ގެއާ އިންވެގެން އޮންނަ މިސްޓް ނަމަކަށް ކިޔާ ގޯތީގައި އިމާރާތެއް ހެދުމަށް ކޮނުމުގެ ސަބަބުންނެވެ. އަދި އަރިއަޅާލާފައިވާ އިމާރާތުގައި ބޮޑެތި ރެނދުތައް ލާފައިވާ އިރު ތިރީ ބުރީގެ ފާރެއްގެ ބައެއް ވަނީ ވެއްޓިފައެވެ.

އެ ގޭގެ މީހަކު ބުނީ ރެނދުލާން ފެށިތާ ދުވަސްކޮޅެއްވެއްޖެ ކަމަށާއި ނަމަވެސް ރޭގެ ވަގުތެއްގައި ވަރަށް ބޮޑަށް އަރިއަޅާލައި ފާރުން ތަންތަންގަނޑު ނެއްޓެން ފެށި ކަމަށެވެ.

ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އެ އިމާރާތުން މިއަދު ހެނދުނުން ފެށިގެން ދަނީ މީހުން ހުސްކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.