ރާއްޖޭގެ ޚަބަރު ފަރަށް އެރި އާގު ބޯޓު ފުރުމުގެ ހުއްދަ ދީފި

ފަރަށް އެރި އާގު ބޯޓު ފުރުމުގެ ހުއްދަ ދީފި

ފަރަށް އެރި އާގު ބޯޓު ފުރުމުގެ ހުއްދަ ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފަރަށް އެރި އާގު ބޯޓު | ދިއިސްލާމް ފައިލް ފޮޓޯ

ފަރަށް އެރި އާގު ބޯޓު | ދިއިސްލާމް ފައިލް ފޮޓޯ

މާލޭ އިރުމަތީ ފަރާތުން ރާޅުގަނޑާ ދިމާލަށް ފަރަށް އެރި އާގު ބޯޓު 61.6 މިލިއަން ރުފިޔާ ޖޫރިމަނާ ބެންކް ގެރެންޓީ ގޮތުގައި ބެހެއްޓުމުން، މިއަދު ފުރުމަށް ހުއްދަ ދީފިއެވެ.

27000 ޓަނުގެ "އޮގަސްޓޯ ޝައުލްޓް" ނަމަކަށް ކިޔާ މި އާގު ބޯޓު ފަރަށް އެރުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިހާތަނަށް ބޯޓު ހިފަހައްޓައިފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވިގޮތުގައި ފަރަށް ލިބުނު ގެއްލުން ޔަގީންނުކޮށް ޖޫރިމަނާ ފައިސާ ދައްކަން ބޯޓުގެ ވެރިފަރާތުން ބޭނުމެއް ނުވެއެވެ. އަދި ބޯޓު ފުރުމުގެ ހުއްދަ ދިނީ އެ ފައިސާ ފަހުން ދައްކާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން ވެރިފަރާތުން ސަރުކާރަށް ބޭންކް ގެރެންޓީއެއް މިއަދު ދިނުމުން ކަމަށް ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އެ ބޯޓުން ދިނީ އެޗްއެސްބީސީން އެއް އަހަރު ދުވަހުގެ ގެރެންޓީއެއް ކަމަށާއި ގެރެންޓީގެ ބޭނުން ކުރާނީ ފަރަށް ލިބުނު ގެއްލުން ޔަގީންވުމުން ކަމަށެވެ. ބޯޓުން ދިން ގެރެންޓީގެ މުއްދަތު އެއް އަހަރަށް ވުރެ އިތުރުކުރެވޭ ކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ.

ބައެއްގެ އިހުމާލުން ރާއްޖޭގެ ފަރަށް އުޅަނދެއް އަރައިފި ނަމަ ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ފުރުޞަތު އޮވެ އެވެ. "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު" ގައި ވާ ގޮތުން، ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި މީޓަރަކަށް 83،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.