ފުވައްމުލަކު ދަޑިމަގު އަވަށުގައި އާމިސްކިތެއްގެ ބީންގާ އަންނަ ހޯމަ ދުވަހުގައި އެޅުއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ޝައީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ މި މިސްކިތަކީ އެ އަވަށުގައި މިސްކިތެއް ނެތުމުގެ ސަބަބުން މީހުން އުފުލަމުންދާ ތަކުލީފް ތަކުގެ މައުލޫމާތު ލިބިގެން ވިޔަފާރި ވެރިއަކަށް އެކަން ހުށައެޅުމުން އެބޭފުޅާ ދެއްވާ ހަދިއާއެއް ކަމަށެވެ.
އަދި ހަމަ މިއާއެކު މިނިސްޓަރ ޝަހީމް ވިދާޅުވީ މި މިސްކިތް އެޅުމަށް ގާތްގަޑަކަށް 5 މިލިއަން ރުފިއާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި 7 މަސް ދުވަހުގެ ތެރޭގައި މިސްކިތް އަޅާ ނަމާދު ކުރެވެސް ފެށޭނެ ކަމަށެވެ.
މީގެ އިތުރުން ށ ކަނޑިތީމް އާއި އެއަތޮޅު ފޭދޫގައި އަޅާ އާ މިސްކިތުގެ ބިންގާ މިހަފްތާގެ ތެރޭގައި އެޅުއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...