ރާއްޖޭގެ ޚަބަރު އައްޑޫގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީއިން އެދިއްޖެ

އައްޑޫގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީއިން އެދިއްޖެ

އައްޑޫގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީއިން އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޮފީސް | ފޮޓޯ: ދިއިސްލާމް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޮފީސް | ފޮޓޯ: ދިއިސްލާމް

އައްޑޫ ސިޓީގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވައި ދެއްވުމަށް އިސްލާމިކް މިނިސްޓްރީއިން މޯލްޑިވްސް އިސްލާމިކް ބޭންކު އަރިހުން އެދިވަޑައި ގަންނަވާފިއެވެ.

މިކަމާ ގުޅުގެން އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ޝައީދު ވިދާޅުވީ އައްޑޫ ސިޓީގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވައި ދެއްވުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނަށް އިސްލާމިކް އިޤްތިޞާދު ފުޅާކޮށް ދެއްވުމަށް އިސްލާމިކް މިނިސްޓްރީއިން ރަސްމީ ސިފައެއްގައި އެދި ވަޑައި ގަންނަވާފައި ވާނޭކަމަށެވެ.

މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީއަކީ މާލެއަށް ފަހު އެންމެ އާބާދީ ބޮޑު ސިޓީކަމަށް ވާއިރު އެސިޓީގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވުމުން ހައުސިން ޕުރޮޖެކްޓާއި އެނޫންވެސް ކަންކަމުގައި އިސްލާމީ އުސޫލުން ރައްޔިތުންނަށް ފައިދާތަކެއް ވެގެން ދާނެކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.