ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުގެރޭ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި، ކޮޅުބެދިފައި އޮތް ގޯޅިގަނޑުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލާގެ ޝަރީއަތް ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އޭނާގެ އާއިލާއިން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފިއެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކަމަށްވާއިރު ދާދި ފަހުން ވަނީ އެ މަރާ ގުޅޭ ފޯން ކޯލް ރިކޯޑިންއެއްގެ އެނަލިލިސް ރިޕޯޓެއް ޖުވެނައިލް ކޯޓަށް ހުށަހަޅަން ދައުލަތަށް ފުރުސަތު ދީފައެވެ.
މުހީތުގެ މަރާލި ކަމަށް ދައުލަތުން ދައުވާ ކުރާ ތިން ކުދިން ވެސް އެ ދައުވާ އަށް އިންކާރު ކޮށްފައި ވާއިރު މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ ބޭނުން ވަނީ މަރަށް މަރު ކަމަށް އާއިލާގެ ހުރިހާ ވާރިސުން ވެސް ވަނީ އެދިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...