
ހުއްދަ ހަވާލު ކުރުމަށް އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ސަން އޮން ލައިން
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ފަޔާޒް އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަންގައި މިކަމާގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް (އެންއައިއޭ) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ދޫކުރި ހުއްދަ ހަވާލުކުރީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު އެވެ.
ރާއްޖޭގައި 16 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު މިހާރު އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ސިއާސީ ޕާޓީއިން ހާމަކުރާ ގޮތުގައި އެ ޕާޓީގެ އަމާޒަކީ މެދުފަންތީގެ ދިރިއުޅުން އުޅޭ ފަރާތްތައް ތަރައްގީކޮށްދީ ވަޒީފާގެ ފުރުޞަތު އިތުރުކޮށްދިނުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...