ރާއްޖޭގެ ޚަބަރު ބީ ކެޓަގަރީގެ ދާއިމީ ލިސްޓް އިއުލާން ކުރަނީ

ބީ ކެޓަގަރީގެ ދާއިމީ ލިސްޓް އިއުލާން ކުރަނީ

ބީ ކެޓަގަރީގެ ދާއިމީ ލިސްޓް އިއުލާން ކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ދިއިސްލާމް ފައިލް ފޮޓޯ

ދިއިސްލާމް ފައިލް ފޮޓޯ

ބީ ކެޓަގަރީގެ ދާއިމީ ލިސްޓް އެންމެ އަވަހަށް ނެރޭ ގެޒެޓްގައި އިއުލާންކުރައްވާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީ އިން އިތުރަށް ހާމަކުރަށްވާ ގޮތުގައި ބީ ކެޓަރީ އަށް ގިނަ އަދަދެއްގެ ޝަކުވާތައް ލިބިގެން ފޯމުތައް ބެލިއިރު، ޕޮއިންޓް ދީފައި ވަނީ ލިބެން ޖެހޭ ވަރަށް ވުރެ މަދުން ނަމަ، އަލުން އިވެލުއޭޓްކޮށް އެ މީހަކަށް ލިބެން ޖެހޭ ޕޮއިންޓް މިހާރު އިތުރުކޮށްދީފައިވާނެ ކަމަށެވެ.

ބީ ކެޓަގަރީ އަށް 450 ފްލެޓް ކަނޑައަޅާފައިވީ ނަމަވެސް މިނިސްޓްރީން މިހާރު ހަމަޖައްސާފައި ވަނީ އެ އަދަދަށް 20 ފްލެޓް އިތުރުކޮށް، ބީ ކެޓަގަރީގައި 275 ޕޮއިންޓާ ހަމައަށް ލިބިފައިވާ ހުރިހާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އެހެންކަމުން ބީ ކެޓަރީން 470 ފަރާތަކަށް މިހާރު ވަނީ ފްލެޓް ޔަގީންވެފަ އެވެ.

މީގެ އިތުރުން ބީ ކެޓަގަރީގެ ދާއިމީ ލިސްޓުން ޖުމްލަ 470 ފްލެޓް ދިން ނަމަވެސް ލިސްޓު އިއުލާންކުރާއިރު 515 މީހުން އެ ލިސްޓުގައި ހިމެނޭނެ ކަމަށާ އޭގެ ތެރެއިން 45 މީހުންނަކީ ދެމަފިރިން ކަމަށާއި ކުރިން ވެސް ހަމަޖައްސާފައިވާ އުސޫލުން އޭގެ ތެރެއިން ކޮންމެވެސް އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީ އިން ހާމަކުރެއެވެ.

އަދި ހަމަ މިއާއެކު ހައުސިން މިނިސްޓްރީ އިން ހާމަކުރަށްވާ ގޮތުގައި ބީ ކެޓަގަރީގެ ދާއިމީ ލިސްޓު އިއުލާންކުރުމަށް ފަހު ދެން އެ މީހެއްގެ ފޯމު ބަލަން ބޭނުންވިއަސް އެ ފޯމު ނުދައްކާނެ ކަމަށާ އެއީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި އެ ފުރުސަތު ދީފައިވާތީ ކަމަށެވެ. އެހެން ނަމަވެސް ލިޔުމުން ހުށަހެޅުމުން ފޯމަށް ޕޮއިންޓް ދީފައިވާ އުސޫލް ހާމަކޮށްދޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.