ރާއްޖޭގެ ޚަބަރު ދޮގު މައުލޫމާތު ދީފައިވާތީ މާކުރަތު ކައުންސިލް ރައީސްގެ މައްޗަށް ދައުވާކުރަނީ

ދޮގު މައުލޫމާތު ދީފައިވާތީ މާކުރަތު ކައުންސިލް ރައީސްގެ މައްޗަށް ދައުވާކުރަނީ

ދޮގު މައުލޫމާތު ދީފައިވާތީ މާކުރަތު ކައުންސިލް ރައީސްގެ މައްޗަށް ދައުވާކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ރ. މާކުރަތު

ރ. މާކުރަތު

ރ. މާކުރަތު ކައުންސިލުގެ ރައީސް ހަސަން އަހުމަދު އެންޓި ކޮރަޕްޝަން ކޮމިޝަން ގެ ތަހުގީގަކަށް ދޮގު މައުލޫމާތު ދީފައި ވާތީ އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ފޮނުވައިފިއެވެ.

ހަސަން އަހުމަދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ މާކުރަތު އިންޖީނުގެއަށް އާންމުކޮށް އިއުލާނުކުރުމެއް ނެތި ތެޔޮޓޭންކެއް ގަތްކަމަށް ބުނާ މައްސަލައަކާގުޅޭ ލިޔެކިޔުންތައް ފޯރުކޮށްދޭން އެދުމުން އެ ލިޔުންތައް ނެތްކަމަށް ބުނެ އޭސީސީއަށް ދޮގު މައުލޫމާތު ދީފައި ވާތީއެވެ.

މިކަމާ ގުޅިގެން އޭސީސީން ބުނެފައި ވަނީ މާކުރަތު ކައުންސިލުގެ ރައީސް ހަސަން އަހުމަދު އެ ކަމުގެ މައުލޫމާތުތައް އޮފީހުގައި ނެތްކަމަށް ބުނެފައި ވީނަމަވެސް އެ ކޮމިޝަނުގެ ތަހުގީގީ ޓީމުން އެރަށަށް ގޮސް ބެލި ބެލުމުން އެ ކަމުގެ ހުރިހާ ލިޔެކިއުމެއްވެސް އޮފީހުގައި ފައިލް ކޮށްފައި ހުއްޓާ ފެނިފައި ވާކަށެވެ.

އޭސީސީން އިތުރަށް ބުނެފައި ވަނީ މި މައްސަލާގައި ހަސަން ގެ މައްޗަށް ދައުވާ ކޮއްފައި ވަނީ ކަމާބެހޭ މުވައްޒަފުންގެ ކައިރިން މައުލޫމާތު ސާފު ނުކޮށް، ވަކި ފަރާތެއްގެ ބޮލުގައި އެ މައްސަލަ އަޅުވަން މަސައްކަތް ކުރިކަން ތަހުގީގަށް ފާހަގަ ކުރެވިފައި ވާތީ ކަމަށާއި ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މާނާ ކުރުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.