ރާއްޖޭގެ ޚަބަރު އެމެރިކާގެ ތިން ވެރިޔަކު ރާއްޖެއަށް

އެމެރިކާގެ ތިން ވެރިޔަކު ރާއްޖެއަށް

އެމެރިކާގެ ތިން ވެރިޔަކު ރާއްޖެއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

detail of american flag

ރާއްޖޭގެ ޑިމޮކްރަސީ އާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ މަތީ ފެންވަރުގެ ތިން މީހަކު އަންނަ ހަފްތާގައި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގައި ހުންނަ އެމެރިކަން އެމްބަސީ އިން ހާމަކޮށްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހު 26 ހުން އަންނަ މަހުގެ 1ގެ ނިޔަލަށް ބާއްވާ މި މަޝްވަރާގައި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް މޫ އާއި ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ވިކްރަމް ސިންހް އާއި ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ޖޭން ޒިމާން އެވެ.

ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންނާއި ޕާޓީތަކުގެ ވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ވާހަކަ ދައްކަވައި ގާނޫނަށް ބޯލެނބުމުގެ އާދަ ދެމެހެއްޓުމަށް ބާރުއަޅައި އަދި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކަންތައްތަކަށް ސަޕޯޓް ދެއްވުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.