ރާއްޖޭގެ ޚަބަރު މުއްރަތާއި ހަނާގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައިފި

މުއްރަތާއި ހަނާގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައިފި

މުއްރަތާއި ހަނާގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

dh_murrath090909

މަޝްހޫރު ގާނޫނީ ވަކީލް މ. ކެރެޓް އަހުމަދު ނަޖީބު މަރާލިކަން ސާބިތުވެ މ. މަސްރޫރާ އަހުމަދު މުއްރަތުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް އިސްތިއުނާފް ކުރުމަށް ހުށައެޅި މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.

މި މައްސަލަ އިސްތިއުނާފް ކުރަންޖެހޭ 90 ދުވަހުގެ މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ހަމަވެފައި ވާއިރު އެ މައްސަލަ މުއްރަތުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އެ މުއްދަތު ފާއިތުވި ފަހުންނެވެ.

90 ދުވަހުގެ މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ނިންމާފައި ވާއިރު މުއްދަތު ހަމަވާފަހުން ހުށަހަޅާ މައްސަލަ ވެސް ބަލައިގަތުމަށް ނިންމުމުގެ ބާރު ހައި ކޯޓުގެ ގަވާއިދުން ހައި ކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

ނަޖީބު މަރާލުމުގައި މުއްރަތު އާ ބައިވެރިވި ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ މެރުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހަނާ ވަނީ 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފް ކުރުމަށް ހުށައަޅާފައެވެ. އެ މައްސަލަ ވެސް ބަލައިގަތުމަށް ހައި ކޯޓުން ވަނީ ނިންމައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.