ރާއްޖޭގެ ޚަބަރު އަރަބިއްޔާ އާ އިމާރާތުގެ ކިޔަވައި ދިނުން 2 ދުވަހަށް މެދުކަނޑާލައިފި

އަރަބިއްޔާ އާ އިމާރާތުގެ ކިޔަވައި ދިނުން 2 ދުވަހަށް މެދުކަނޑާލައިފި

އަރަބިއްޔާ އާ އިމާރާތުގެ ކިޔަވައި ދިނުން 2 ދުވަހަށް މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އަމީނިއްޔާގައި ކިޔަވަމުންދާ އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ހުއްޓާލާފައެއް ނުވޭ | ފޮޓޯ: ދިއިސްލާމް ކިޔުންތެރިއެއް

އަމީނިއްޔާގައި ކިޔަވަމުންދާ އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ހުއްޓާލާފައެއް ނުވޭ | ފޮޓޯ: ދިއިސްލާމް ކިޔުންތެރިއެއް

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވާ ދިނުން 2 ދުވަހަށް މެދުކަނޑައިލައިފިއެވެ.

ކިޔެވުން މެދު ކަނޑައިލާފައި ވަނި އެ ސްކޫލުގެ އިމާރާތުގައި ކިޔަވާ ގްރޭޑް 7- 12 ގެ ދަރިވަރުންނަށްށެވެ. ނަމަވެސް އަމީނިއްޔާ ސްކޫލުގައި ކިޔަވާ އެ ސްކޫލުގެ ގްރޭޑް 1- 6ގެ ދަރިވަރުންގެ ކިޔެވުން ހުއްޓާލާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައި ވާގޮތުގައި އަމީނިޔާ ސްކޫލުގައި ކިޔަވަމުންދާ އަރަބިއްޔާގެ ދަރިވަރުން އަރަބިއްޔާގެ އާ އިމާރާތަށް ބަދަލުކުރެވޭނީ އާ އިމާރާތް މުޅިން ނިމުމުން ކަމަށާއި އެ މިނިސްޓްރީން ލަފާކުރާ ގޮތުގައި 2 މަހެއްހާ ދުވަސް ފަހުން އިމާރާތުގެ މަސައްކަތް މުޅިން ނިމޭނެ ކަމަށެވެ.

އިއްޔެ އަރަބިއްޔާގެ އާ އިމާރާތުގައި ކިޔަވައިދޭން ފަށާއިފައިވާއިރު އެ ސްކޫލްގެ އިމާރާތް ހުރި ހާލަތާމެދު ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބެލެނިވެރިންގެ ޝަކުވާ އަކީ އިމާރާތް ރަނގަޅަށް ނުނިންމައި އެ އިމާރާތުގައި ކިޔަވައިދޭން ފެށުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.