ރާއްޖޭގެ ޚަބަރު ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު ބިލެއްދޫ އިން ހައްޔަރު ކޮށްފި

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު ބިލެއްދޫ އިން ހައްޔަރު ކޮށްފި

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު ބިލެއްދޫ އިން ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ބިލެތްދޫ ބަނދަރު ސަރަހައްދު

ބިލެތްދޫ ބަނދަރު ސަރަހައްދު

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫގައި ކުޑަ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުޙުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ޖެނުއަރީ މަހު 11 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ހިއުމަންރައިޓަސް އިން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެ 14:00 ހާއިރު ބިލެއްދޫން އިން ކަމަށެވެ.

ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ މީގެ ކުރިން ނުކުޅެދޭ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

މިމައްސަލަ ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުން ދާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު މައްސަލަތައް ފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.