އަރަބިއްޔާ ސްކޫލުގެ ޕްރައިމަރީ ގުރޭޑް ތަކުގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އަމީނިއްޔާ ސްކޫލުގައި ފަށައިފިއެވެ.
ގްރޭޑް 1 ކުން ފެށިގެން 6ގެ ގްރޭޑްތަކުގެ ކުދިން ކިޔެވުން އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާއިރު މިއަދު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ގްރޭޑް 7 ކުން 12ގެ ގްރޭޑްތަކުގެ ކުދިންނަށް ކިޔަވާދޭން ފަށާފައެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ފަސް ވަނަ ބުރި އާއި ހަ ވަނަ ބުރި އަދި ހަތް ވަނަ ބުރީގައި ކިޔަވައިދޭން ފަށާއިފައިވާއިރު އެ ސްކޫލްގެ އިމާރާތް ހުރި ހާލަތާމެދު ބެލެނިވެރިން މިއަދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުގައި މިއަދު ކިޔަވައިދޭން ފެށި އިރު ސިޑީގައި ހުރީ ރެއިލިން ނުޖަހަ ކަމަށް ވާއިރު ހަތަރުވަނަ ފްލޯގެ ކްލާސްރޫމްތަކުގައި ފަންކާ ހުރި ނަމަވެސް ހަވަނަ ފްލޯގައި ފަންކާއެއް ނެތްއިރު ލިފްޓްގެ ބޭނުންމެއްވެސް ނުކުރެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...