ރާއްޖޭގެ ޚަބަރު އަރަބިއްޔާ ސްކޫލްގެ އިމާރާތް ހުރި ހާލަތާމެދު ބެލެނިވެރިން ނުރުހުން ފާޅުކޮށްފި

އަރަބިއްޔާ ސްކޫލްގެ އިމާރާތް ހުރި ހާލަތާމެދު ބެލެނިވެރިން ނުރުހުން ފާޅުކޮށްފި

އަރަބިއްޔާ ސްކޫލްގެ އިމާރާތް ހުރި ހާލަތާމެދު ބެލެނިވެރިން ނުރުހުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ބެލެނިވެރިންގެ ޝަކުވާ އަކީ އިމާރާތް ރަނގަޅަށް ނުނިންމައި ކިޔަވައިދޭން ފެށުން | ފޮޓޯ: ދިއިސްލާމް

ބެލެނިވެރިންގެ ޝަކުވާ އަކީ އިމާރާތް ރަނގަޅަށް ނުނިންމައި ކިޔަވައިދޭން ފެށުން | ފޮޓޯ: ދިއިސްލާމް

އަރަބިއްޔާ ސްކޫލްގެ އިމާރާތް ހުރި ހާލަތާމެދު ބެލެނިވެރިން ނުރުހުން ފާޅުކޮށްފިއެވެ.

މިއަދު ހެނދުނު ދަރިވަރުން ގޮވައިގެން އެ ސްކޫލަށް ދިޔަ ބައެއް ބެލެނިވެރިން ކަރުދާހުގައި ޝުއޫރުތައް ލިޔެ އަރަބިއްޔާގެ ބޭރު ފާރުގައި ހިއްޕާފައި ވާއިރު އެ ބެލެނިވެރިންގެ ޝަކުވާ އަކީ އިމާރާތް ރަނގަޅަށް ނުނިންމައި ކިޔަވައިދޭން ފެށުމެވެ. ބެލެނިވެރިން ފާރުގައި ތަތްކުރި ކަރުދާސްތަކުގައި ބުނެފައި ވަނީ އެއީ ކިޔަވައިދޭ ތަނެއް ނޫން ކަމަށާއި ކޮންސްޓްރަކްޝަން ސައިޓެއް ކަމަށެވެ. އަދި އަރަބިއްޔާގެ ދަރިވަރުންނާއި އެހެން ސްކޫލްތަކުގެ ކުދިންނާ ތަފާތު ނުކުރުމަށް ވެސް ބެލެނިވެރިން ގޮވާލާފައިވެއެވެ.

ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުގެ ހަތަރުވަނަ ފްލޯ އާއި ހަވަނަ ފްލޯގައި މިއަދު ކިޔަވައިދޭން ފެށި އިރު ސިޑީގައި ހުރީ ރެއިލިން ނުޖަހަ ކަމަށް ވާއިރު ހަތަރުވަނަ ފްލޯގެ ކްލާސްރޫމްތަކުގައި ފަންކާ ހުރި ނަމަވެސް ހަވަނަ ފްލޯގައި ފަންކާއެއް ނެތްއިރު ލިފްޓްގެ ބޭނުންމެއްވެސް ނުކުރެވެއެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ނިމިފައިނުވާތީވެ ބެލެނިވެރިން ޝަކުވާ ކުރަމުން ދާއިރު އެ ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުން ވަގުތީ ގޮތުން ކިޔެވުމަށް ހަމަޖައްސާފައިވަނީ އަމީނިއްޔާ ސްކޫލުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.