ރާއްޖޭގެ ޚަބަރު އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު މިރޭ

އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު މިރޭ

އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު މިރޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ޢިލްމުވެރިންގެ ފުރަތަމަ މަހާސިންތާގެ ތެރެއިން | ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ޢިލްމުވެރިންގެ ފުރަތަމަ މަހާސިންތާގެ ތެރެއިން | ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ ކަމަށާއި މިރަސްމިއްޔާތައް އާންމުންނަށްވެސް ވަދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ހާމަކުރި ގޮތުގައި އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ބާއްވާ ޢިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައިކަމަށާއި މަހާސިންތާ ކުރިއަށްދާނީ މިމަހު 10 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ރާއްޖޭގެ ކަންކޮޅުތަކުން ޢިލްމުވެރިން ބައިވެރިވާ މިމަހާސިންތާގައި ރާއްޖޭގެ އިލްމްވެރިންގެ އިތުރުން މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު ކުރިން ފަހަރާ ހިލާފަށް މިފަހަރު އިލްމްވެރިންގެ ނިންމުންތައް އާންމުކުރަން ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

ޢިލްމުވެރިންގެ ފުރަތަމަ މަހާސިންތާ 2011 އަހަރުގެ ފަހުކޮޅު ބާއްވާފައިވާއިރު އޭރުވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ފަތިސް ނަމާދުގެ ފަހު ރަކުއަތުގައި ގުނޫތު ކިޔުމާއި ނުކިޔުން ވެސް ހުއްދަ ކަމަށް ވަނީ ނިންމާފައެވެ. އަދި ޣައިބަށް ކަށު ނަމާދުކުރުމާ މެދު އިލްމުވެރިން އެއްބަސްވީ، މައްޔިތާގެ މައްޗަށް ހާޒިރުގައި ކަށުނަމާދުކޮށްފައިވާ ނަމަ، އެ މީހެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ނުކުރުމަށެވެ.

އެދުވަސްވަރު އެންމެ ހޫނު ބަހުސްކަމުގައިވާ 'މޮނިއުމަންޓް މައްސަލަ' އާއި 'އިޒްރޭލު ފްލައިޓް ޖެއްސުމުގެ މައްސަލަ'އަށްވެސް ޢިލްމުވެރިންވަނީ ބަހުސް ކުރައްވާފައެވެ. އެގޮތުން ސާކް ސަމިޓަށް ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓްތަކުގެ މައްސަލައިގައި އިލްމުވެރިން ނިންމީ، އެ މޮނިއުމަންޓްތަކުގެ ތެރެއިން އަޅުކަންކުރެވޭ ބުދު ހިމެނޭ ހުރިހާ މޮނިއުމަންޓްތަކެއް ނެގުމަށް ކަމާ ބެހޭ ފަރާތްތަކުގައި ދެންނެވުމަށެވެ. އަދި އިޒްރޭލުގެ ފްލައިޓް ރާއްޖެ އައުމާ ބެހޭ ގޮތުން އިލްމުވެރިންގެ އަޣުލަބިއްޔަތުން ފާސްކުރީ، އެ ކަމާ ބެހޭ ގޮތުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީގައި ދައްކާފައިވާ ވާހަކަތަކަށް މަހާސިންތާގެ ގިނަ ބައިވެރިން އެއްބަސްވެ އެ ގޮތަށް ތާއީދުކުރާ ކަމަށެވެ.

މީގެ އިތުރުންވެސް ގިނަ ނިންމުންތަކެއް މަހާސިންތާގައި ވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.