ޖަމްޢިއްޔަތުއްސަލަފުން މި ޢީދު ޗުއްޓީ ހެޔޮގޮތުގައި ހޭދަކުރުމަށް ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން އިޢްލާން ކުރި " ހިޖްރަ ކޭމްޕް" ގެ ދަތުރު ރޭގައި ނިންމާ ޓީމް މާލެ އަތުވެއްޖެއެވެ. މާލޭގަޑިން 11 ޖެހިއިރު ހުރިހާ ބައިވެރިންވަނީ ﷲގެ ރަޙްމަތުން ހެޔޮޙާލުގައި ވަޒަނަށް ވާސިލްވެފައެވެ.
އުމުރުން 15 އަހަރާއި 40 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ބައިވެރިން ބައިވެރިވި މި ކޭމްގައި ޖުމްލަ 54 ކެނޑިޑޭޓުން ބައިވެރިވިއެވެ. މި ކޭޕްގައި ދީނީގޮތުން ހޭލުންތެރި ކުރެވުނެވެ. އަދި ސާފުތާހިރުކަން ބަހައްޓަން ޖެހޭ ގޮތާއި ނަމާދުގެ އަސްލު ޙަރަކާތްތައް ބައިވެރިންނަށް ދަސްކޮށްދެވުނެވެ.
ހިޖްރަކޭމްޕްގައި ޕާސަނަލް ފިޓްނަސްގެ ވަރަށް ޚާއްސަ ވޯކްޝޮޕެއް ބޭއްވުނެވެ. އަދި ބައިވެރިންނަށް ފިޓްނަސް ޓްރޭނިންގެ އިތުރުން އިސްލާމްދީނުގައި ސިއްޙީ ދުޅަހެޔޮކަން އެއީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އަންގައިދެނުވެނެވެ.
ދެދުވަހުގެ މުއްދަތައް ކުރިއަށްދިޔަ މި ކޭމްޕްގައި ރޭކޮށްފައިވަނީ ވ.ތިނަދޫގައެވެ. އަދި ކޭމްޕްގެ ހުރިހާ މެންބަރުން ތިބީ ރަށުގެ އާބާދީއާއި ދުރުގައި ވަލުފަރާތުގައި ކޭމްޕްޖަހައިގެންނެވެ. މި ކޭމްޕަކީ އެއްވެސް ބާތެއްގެ މަސްތުވާއެއްޗެއް ނުވަތަ ދުންފަތުގެ އިސްތިޢްމާލުން ސަލާމަތްވެގެން ހިންގިފައިވާ ކޭމްޕެކެވެ. ދަތުރުގެ ހުރިހާ ބައިވެރިންވެސް ވަނީ ދަތުރަކީ ވަރަށް ކާމިޔާބު އަދި އެހާމެ ފައިދާ ކުރުވަނި ކޭމްޕެއްކަމުގައި ބުނެފައެވެ. އަދި މުސްތަޤްބަލްގައި މިފަދަ ގިނަ ކޭމްޕްތައް އިތުރަށް ބޭއްވުމަށް އެދިފައިވެއެވެ. ސަލަފުން ދެން އެންމެ އަވަހަށް ބާއްވަންހަމަޖެހިފައިވަނީ މިމަހުގެ 26-27 ދުވަހު އަޤީދާ ވޯކްޝޮޕެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...