ރާއްޖޭގެ ޚަބަރު ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

safari_dhiislam_news_65w6w2012

މާލެ އަތޮޅޫ ގުރައިދޫ ކައިރީ އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު އިއްޔެ ހަވީރު މަރުވެއްޖެއެވެ.

ފުލުހުން މިކަމާ ގުޅިގެން ބުނެފައިވަނީ މަރުވީ އުމުރުން 57 އަހަރުގެ ޖަރުމަންވިލާތުގެ ފިރިހެނެއް ކަމަށެވެ.

މިފަހަކަށް އައިސް މޫދަށް އެރި އުޅެނިކޮށް  ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ވަރަށް ކައިރިކައިރީގައި ވަނީ ހިގާފައެވެ. މިގޮތުން މިމަހުގެ ކުރީކޮޅު ބަނޑޮސްއައިލެންޑް ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ނުކުމެ އުޅުނު ޗައިނާގެ އަންހެނަކު ގެއްލިފައި ވާއިރު މި މަހުގެ މެދުތެރޭގައި ރ. މީދުއްޕަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ކޮރެއާ މީހަކު ވެސް ވަނީ މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.