ރާއްޖޭގެ ޚަބަރު އިމާމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަނީ

އިމާމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަނީ

އިމާމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

dhi_islamic-minister-sheikh-shameem

މާލޭގެ މިސްކިތްތަކުގެ އިމާމުން  އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ޝަހީމް ވިދާޅުވެފައި ވަނީ އިމާމުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާ ސިވިލް ސާވިސް ކޮމިޝަނާއި އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ވެސް ވަރަށް ގިނަ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިމާމުން ބަދަލުކުރުމަށް ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވަ އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ކައުންސިލްގެ ބެލުމުގެ ދަށަށް އިމާމުން ބަދަލުކުރުމުން ދީނީ ގޮތުން ބޭނުންވާ މައުލޫމާތު ހޯދުމާއި ފަތުވާދިނުމާއި އެހެން ވެސް ދީނީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމުގެ ޝަކުވާތައް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި ދީނީ މަސައްކަތްތަކާއި ދީނީ ޝިއާރު ފާޅުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ

މީގެ އިތުރުން ދީނީ ޝިއާރު ފާޅުކުރުމުގެ ކަންކަން ވެސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާ މިކަމުގައި ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.