ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން ރައިސް އޮފީހުން ބުނެފައިވަނީ އިމިގްރޭޝަން ޑިޕާޓްމަންޓަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވީ އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ބާވަތުން އެ މަސައްކަތްތައް ހިންގައި ވިލަރެސްކުރުމުގެ ކަންކަން މިހާރަށް ވުރެ ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނީ، އެ ޑިޕާޓްމަންޓް، ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްގެން ކަމަށް ވާތީއެވެ.
މީގެ ކުރިން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ހިނގަމުން އައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...