ރާއްޖޭގެ ޚަބަރު މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ 2މީހަކު ފުނަދޫއިން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ 2މީހަކު ފުނަދޫއިން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ 2މީހަކު ފުނަދޫއިން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މަސްތުވުމަށް ކޯލާވާޓަރު ބޭނުންކުރަމުން ދިޔަ 2 މީހަކު ށ. ފުނަދޫ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރާއި 23 އަހަރުގެ 2 ފިރިހެނުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކުރަށްވާ ގޮތުގައި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަންގައި މި ޑިސެމްބަރ މަހު 25 ވަނަ ދުވަހުގެ ރޭ 22:00 ހާއިރު ފުނަދޫ ދަށްފަޅު ސަރަހައްދު ބަލައި ފާސްކުރަމުން ދަނިކޮށް އެސަރަހައްދުގައި އެހެލާފައި އޮތް ލޯންޗެއްގެ ތެރޭގައި މި ދެމީހުން ތިއްބައި ފެނިގެންކަމަށެވެ.

މީގެ އިތުރުން މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މި ދެމީހުން ތިބި ލޯންޗުތެރެ ބަލައި ފާސްކުރިއިރު އޮޑި ކޮލޯން ކޯލާވަރޓަރު ފުޅިއަކާއި 500 އެމް.އެލް ފެން ހުރި ލައިފް ފުޅިއަކާއި ބިއްލޫރި ތައްޓެއް ގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އެއްކޮށްފައި ހުރި ސިނގިރެޓް ކުޑިތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.