ރާއްޖޭގެ ޚަބަރު އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރާނަމަ މަގްސަދު ހާސިލެއް ނުވާނެ: ޑރ. އަބްދުލް މަޖީދު

އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރާނަމަ މަގްސަދު ހާސިލެއް ނުވާނެ: ޑރ. އަބްދުލް މަޖީދު

އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރާނަމަ މަގްސަދު ހާސިލެއް ނުވާނެ: ޑރ. އަބްދުލް މަޖީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ދިއިސްލާމް ފައިލް ފޮޓޯ: އިސްމާޢިލް އަފްރާހް

ދިއިސްލާމް ފައިލް ފޮޓޯ: އިސްމާޢިލް އަފްރާހް

އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރާ ނަމަ އިސްލާމް ދީނުގައި އެކަން ކުރަން އޮންނަ މަގުސަދު ފުރިހަމަ ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

މިހެން ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެފައިވަނީ ސަން އޮންލައިން އަށް ދިން އިންޓަވިއު އެއްގައެވެ.

މަޖީދު ވިދާޅުވެފައި ވަނީ މީހުންގެ ކުރިމަތީގައި ކަރު ބުރިކޮށްލައިގެން މަރާލުމާއި އިންޖެކްޝަނަކުން މަރާލުމާއި ވަރަށްބޮޑު ތަފާތެއް ހުންނާނެ ކަމަށާ އެގޮތުން އާއްމުންގެ ކުރިމަތީގައި އަރާމު ނިންޖަކުން ނިދާލާ މަންޒަރު ފެނުމުން އެކަމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އިހުސާސް ކުރެވުމުގެ ފުރުސަތު ވަރަށް ހަނިވާނެ ކަމަށެވެ.

މަޖީދު އިތުރަށް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން އިސްލާމް ދީނުގައި އޮންނަނީ ގިނަ ބައެއްގެ ކުރިމަތީގައި ކަމަށާއި އޭގެ ބަދަލުގައި ހޮސްޕިޓަލްގައި ބާއްވައިގެން އިންޖެކްޝަނަކުން މެރުމަށް ފަހު ގާތިލު މަރައިފި ކަމަށް ޚަބަރުން ރައްޔިތުންނަށް އެންގިޔަސް ދީނުގައި އެކަމަށް ކަނޑައަޅާފައި އޮތް މަގުސަދު އެއްގޮތަކަށް ވެސް ހާސިލް ވެގެން ނުދާނެ ކަމަށެވެ.

މީގެ އިތުރުން ބަލަން ތިބޭ މީހުންނަށް އިހްސާސް ނުކުރެވުނު ނަމަވެސް އިންޖެކްޝަން ޖަހައިގެން މަރާލާ މީހާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ވޭންތަކެއް އިހްސާސް ކުރެވޭނެ ކަމަށާ އޭގެ ބަދަލުގައި ތޫނު ކަނޑިއަކުންޖަހާ ކަރު ބުރިކޮށްލުމުން އެފަދަ ވޭންތަކެއް އިހްސާސް ކުރަން ނުޖެހޭނެ ކަމަށާ އިސްލާމް ދީނުގައި ވެސް އެކަންކުރަން އޮންނަނީ ވެސް އެމީހާ އަށް އެންމެ ވޭންކުޑަ ގޮތަކަށް ކަމަށާ އެމަންޒަރު ބަލަންތިބޭ ބަޔަކަށް ވެސް އެކަމުން ވަރަށްބޮޑެތި އިބްރަތްތަކެއް ލިބި މުޖުތަމައުގެ ތެރޭގައި އެފަދަ ޖަރީމާތައް ހިންގާ މީހުން މަދުވެގެންދާނެ ކަމަށް ވެސް މަޖީދު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.