ރާއްޖޭގެ ޚަބަރު ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންވާ ކަމަށްވާނަމަ އެފަދަ މައްސަލަތަކުގައި ދައުވާކޮށް ޝަރީއަތް ހިންގަން ޖެހޭ: ނާޒިމް

ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންވާ ކަމަށްވާނަމަ އެފަދަ މައްސަލަތަކުގައި ދައުވާކޮށް ޝަރީއަތް ހިންގަން ޖެހޭ: ނާޒިމް

ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންވާ ކަމަށްވާނަމަ އެފަދަ މައްސަލަތަކުގައި ދައުވާކޮށް ޝަރީއަތް ހިންގަން ޖެހޭ: ނާޒިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: ރައްޔިތުން މަޖިލިސް

ފޮޓޯ: ރައްޔިތުން މަޖިލިސް

ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންވާ ކަމަށްވާނަމަ އެފަދަ މައްސަލަތަކުގައި ދައުވާކޮށް ޝަރީއަތް ހިންގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކޮރަޕްޝަން ހުއްޓުވުމައި ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އިން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން 72 ޕަސެންޓް މައްސަލައިގައި ދައުވާނުކޮށް ޕީޖީއިން ހިފަހައްޓާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި ބެހޭ ބިލަކީ މުހިއްމު ބިލެއް ކަމަށާއި ގައުމީ މަސައްކަތެއް ގޮތަށް ދެކިގެން ވެސް މި ބިލްގެ މަސައްކަތް ކުރަން ޖެހިފަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.