ރާއްޖޭގެ ޚަބަރު ބަނގުރާ ބޯން ތިބި 3 މީހަކާއި 2 ކުދިން ހައްޔަރުކޮށްފި

ބަނގުރާ ބޯން ތިބި 3 މީހަކާއި 2 ކުދިން ހައްޔަރުކޮށްފި

ބަނގުރާ ބޯން ތިބި 3 މީހަކާއި 2 ކުދިން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ލ. ގަން ތުނޑީ އަވަށު ގެއެއްގެ ތެރޭގައި ބަނގުރާ ބޯން ތިބި ކަމަށް ތުހުމަތުކުރެވޭ 3 މީހަކާއި 18 އަހަރުން ދަށުގެ 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 22 އަހަރުގެ 02 ފިރިހެނުންނާއި އުމުރުން 21 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިއެންމެން ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ޑިސެމްބަރުމަހުގެ 18 ވަނަދުވަހު ހަވީރު 17:50 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށާއި މިމީހުންނާއެކު ބަނގުރާތައްޔާރުކުރަން ބޭނުންކުރާ އާލާތްތަކަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެހިތެއް ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރާކައްކަން ބޭނުންކުރާ އާލާތްތައް ހޯދާފައިވަނީ އެރަށު އަތިރިމަތި ކައިރީ ހުޅަނގުފަރާތު ވަލުތެރެއިންކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.