ސޯސަން މަގުގައި ހުންނަ އަގޯރާ ފިހާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭޝް ކާޑް ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ގޮތަށް ތައާރަފް ކުރި މި ހިދުމަތް ތައާރަފް ކޮށްދެއްވީ އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫންއެވެ.
މިކަމާ ގުޅިގެން އިސްލާމިކް ބޭންކުން ހާމަކުރި ގޮތުގައި ވަޔަލެސް ޕީއޯއެސް މެޝިންތަކާއެކު ފެށި މި ހިދުމަތަކީ އެ ބޭންކުގެ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމަކާ އެކު ތައާރަފްކުރި ހިދުމަތެއް ކަމަށާއި މިހާރު ވެސް މާލޭގެ 50 ފިހާރައަކުން އެ މެޝިންގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި އަދި ކުރިއަށް އޮތް އަހަރު ރާއްޖެތެރެއަށް ވެސް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން މި ހިދުމަތް ދެމުން ގެންދަނީ ކަސްޓަމަރުންގެ އަތުން އެއްވެސް ޗާޖެއް ނުނަގާ ގޮތަށް މުޅިން ހިލޭ ކަމަށް ވެސް އިސްލާމިކް ބޭންކުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...