ހދ. މަކުނުދޫ 16 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ، ޝަބްނަމީގެ އިބްރާހީމް ނަބީލް އެވެ. ނަބީލް ގެ އާއިލާއިން ނަބީލް ގެއްލިގެން ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ގދ. ތިނަދޫއަށް ދިޔަފަހުން އެކުއްޖާގެ އެއްވެސް ޚަބަރެއް ނުވެގެން ކަމަށް ފުލުހުން ބުނެއެވެ.
މިކުއްޖާއާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 ނުވަތަ 3322111 ނުވަތަ 3322112 އަށް ނުވަތަ ރަށެއްގައި ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަރަށް ބޮޑު އެދުމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...