އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ޝައިޙް ފާއިދް ސައީދު ދަރުސް އަޑުއެހުމަށްފަހު 4 މީހަކު އިސްލާމުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޙް މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ޝަޙީމް އިތުރަށް ވިދާޅުވެފައިވަނީ ކީރިތި ރަސޫލާﷺ އަށް ފުރައްސާރަކޮށް ދާދި ފަހުންނެރުނު ފިލްމާއި ގުޅިގެން، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ޝައިޙް ފާއިދް ސައީދު އިނގިރޭސި ބަހުން ދެއްވި ދަރުސް އަޑުއެހުމަށްފަހު 4 މީހަކު އިސްލާމް ވެފައިވާކަމަށް ޝައިޚް ފާއިދު ޝައިޚް ޝަހީމް އަށް ފޯނުން ގުޅުއްވާފައި ވިދާޅުވި ކަމަށެވެ.
މީގެ އިތުރުން އެ ދަރުސްގެ ކޮޕީއެއް ޝައިޚް ފާއިދު އަށް ފޮނުއްވުމުން އިނގިރޭސި ވިލާތުގެ މުސްލިމް ވިޔަފާރިވެރިއަކު އެ ސީޑީގެ ދެލައްކަ ކޮޕީ ހެދުމަށްފަހު އިނގިރޭސި ވިލާތުގައި ބެހިކަމަށާއި އިސްލަމްވި ހަތަރު މީހުންނަކީވެސް އެ ދަރުސް އަޑުއެހުމަށްފަހު އިސްލާމްވި މީހުންކަމަށް ޝައިޚް ފާއިދު ޝައިޚް ޝަހީމް ގާތުގައި ވިދާޅުވެފައިވާ ކަމަށްވެސް މިނިސްޓަރ ޝަޙީމް ވިދާޅުވިއެވެ.
ޝައިޙް ފާއިދްގެ ދަރުސް އަޑުއެހުމަށްފަހު 4 މީހަކު އިސްލާމްވި: މިނިސްޓަރ ޝަޙީމް

ކޮމެންޓް (0)
ލޯޑް ކުރަމުން...