ރާއްޖޭގެ ޚަބަރު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެމީހުން | ފޮޓޯ: ޕޮލިސް

މިއަހަރުގެ އޮކްޓޯބަރު މަހު އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމަށް ތުޙުމަތުކުރެވޭ 2 މީހެއްގެ މައްސަލައިގެ ތަޙްޤީޤު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ.

މި މައްސަލައިގާ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ކ.މާލެ، ހ.ހިކޯސްޓް ޢަލީ ޝާން (24އ) އާއި ކ.މާލެ، ހ.ލޮބީ ޙުސައިން ޙުމާމް އަޙްމަދު (19އ) ގެ މައްޗަށެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި ޢަލީ ޝާން އަދި ޙުސައިން ޙުމާމް އަޙްމަދު ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގައި ޢަމަލީގޮތުން އެ ދެމީހުން ބައިވެރިވެފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.