ގެއްލިގެން ހޯދަމުންދާ ހިތްވަރު ބޯޓުން ދަތުރުކުރި 8 މީހަކު ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓަކުންނަގާފައު ވާއިރު ހިތްވަރު ބޯޓު ވަނީ ބަންޑުން ޖަހާލާފައި ކަމަށް، ސްރީ ލަންކާގެ ނޭވީ އާއި ރާއްޖޭގެ ކޯސްޓް ގާޑުން ބުނެފިއެވެ.
މަސް ބޯޓަކަށް ފެނުނު އިރު އެމީހުން ތިބީ ބަންޑުން ޖަހާލާފައި އޮތް ބޯޓު މަތީގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ހިތްވަރު ބޯޓުގައި ދަތުރުކުރި ކަމަށް ބެލެވޭ 10 މީހުންގެ ތެރެއިން ލަންކާގެ ބޯޓަށް ފެނިފައި ވަނީ އަށް މީހުންނެވެ.
ހިތްވަރު ބޯޓް ގެއްލުނުއިރު ބޯޓުގައި ދަތުރުކުރީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުން ކަމަށް ބޯޓުގެ ވެރިޔާއާ ހަވާލާދީ ކޯސްޓް ގާޑުން މީގެ ކުރިން ބުނެފައިވާއިރު ގެއްލުނު 10 މީހުންގެ ތެރެއިން އަނެއް ދެ މީހުންނަށް ވީ ގޮތެއް އަދި ވަނީ ސާފުނުވެފައެވެ.
ބަންޑުން ޖަހާލާފައި އޮތް ރާއްޖޭގެ އުޅަނދަކުން އަށް މީހަކު ސަލާމަތްކޮށްފި ކަމަށް ލަންކާގެ ނޭވީން، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް އެންގީ ރޭ ރާއްޖެ ގަޑިން އަށެއް ޖަހާކަންހާ އިރުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...