ރާއްޖޭގެ ޚަބަރު ނޫރުލްއިސްލާމް ޖަމިއްޔާގައި އިލްމުވެރިންގެ މަޖިލީހެއް އުފައްދައިފި

ނޫރުލްއިސްލާމް ޖަމިއްޔާގައި އިލްމުވެރިންގެ މަޖިލީހެއް އުފައްދައިފި

ނޫރުލްއިސްލާމް ޖަމިއްޔާގައި އިލްމުވެރިންގެ މަޖިލީހެއް އުފައްދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫސިޓީގައި ބޭއްވި ޙައްޖު ފޯރަމް 1433 ގެތެރެއިން…

މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވުނު ނޫރުލްއިސްލާމްގެ އަހަރީ އާއްމު ޖަލްސާގައި، ޖަމިއްޔާގެ ހިންގާ ގަވާއިދަށް ގެނެވުނު އިސްލާހެއްގެ ދަށުން، އެ ޖަމިއްޔާގައި މުސްތަޤިއްލު އިލްމުވެރިންގެ މަޖިލީހެއް ގާއިމުކޮށްފިއެވެ.
ޖަމިއްޔާގެ ހިންގާ ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ގަވައިދުގެ 13 އަދި 14 ވަނަ މާއްދާގައި ބުނާގޮތުން އެޖަމިއްޔާގައި އެކުލަވާލެވިފައިވާ ދީނީ އިލްމުވެރިންގެ މަޖިލީހެއް އޮންނަންޖެހޭނެއެވެ. އަދި އެ މަޖިލީހުގައި ތިބެންޖެހޭނީ ދީނީ އިލްމުން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވާ، އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދެއްވާފައިވާ ބޭފުޅުންކަމަށެވެ.
މިގޮތުން ޢިލްމުވެރިންގެ މަޖިލީހުގެ ރައީސަކަށް އައްޝައިޚް ޙަސަން ލަޠީފް މޫސާ، ނާއިބު ރައީސަކަށް އައްޝައިޚް ޢަބްދުއްޞަމަދު މުޙައްމަދު، އަދި ސެކްރެޓަރީ އަކަށް އައްޝައިޚް ރޫޙުލްއަމީން ވަނީ އިންތިޚާބު ކުރެވިފައެވެ. އަދި މި މަޖިލީހުގެ މެންބަރުކަމަށް އައްޝައިޚް މުޙައްމަދު އަނީލް ވަނީ އައްޔަން ކުރެވިފައެވެ.
އިންތިހާބު ވެގެން މިދިޔަ އެޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހަކީ ޖަމިއްޔާގެ ފަރާތުން ހިންގާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތާއިމެދު ފާރަވެރިވެ، އޭގައި އިސްލާމްދީނުގެ އަސާސްތަކާއި، ދީނުގެ ތައުލީމުތަކާއި ހިލާފުވާ އެއްވެސް ކަމެއް ނުހިނގާނޭހެން، ޖަމިއްޔާއަށް ލަފާދޭ އެންމެ އިސް މުއައްސަސާއެވެ. އަދި އެޖަމިއްޔާގެ އެންމެ ބާރުގަދަ މަޖިލިސްވެސް މެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.