ރާއްޖޭގެ ޚަބަރު މަސްތުވާތަކެތި 2 މައްސަލައެއްގައި ނައިފަރުން 3 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި 2 މައްސަލައެއްގައި ނައިފަރުން 3 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި 2 މައްސަލައެއްގައި ނައިފަރުން 3 މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތް ފޮށިގަނޑުގައި ހުރި ތަކެތި | ފޮޓޯ: ޕޮލިސް

ފުލުހުން ހަމަކުރަށްވާ ގޮތުގައި ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުނު މާލެއިން ނައިފަރަށް ދިޔަ ބޯޓަކުން ބޭލި ފޮށިގަނޑެއް ހިފައިގެން 19 އަހަރުގެ މީހަކު ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން ފޮށިގަނޑު އެއްލާލައި އެމީހާ ވަނީ ފިލަން މަސައްކަތް ކޮށްފައެވެ.
އެހެންކަމުން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެފޮށިގަނޑު ބަލައި ފާސް ކުރިއިރު ބަނގުރާ ކަމަށް ބެލެވޭ ދިޔާ އެއްޗެއް ހުރި 500 މިލިލީޓަރު ތާޒާ ފެން ހުސްކުރި ފުޅި އެއްގެ އިތުރުން ހަމަ އެފޮށިގަނޑު ތެރޭގައި އޮތް ސުޕާރީ ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 05 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން މަސްތުވާ ތަކެތީގެ އިތުރު މައްސަލައެއްގައިވެސް ނައިފަރުން ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ،
ފުލުހުން ހާމަކުރަށްވާ ގޮތުގައި މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތާކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދެ މީހުން ސައިކަލުގައި ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު މީގެ ތެރެއިން އެކެއްގެ އަތުން މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓް ފެނުމުންނެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 19 އަހަރުގެ މީހާ އާއި 22 އަހަރުގެ މީހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.