ވަގަށް ނަގާފައިވާ ސާމާނުތަކަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޕެކެޓުތަކަކާއެކު ސ.ހުޅުމީދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 37 އަހަރުގެ ފިރިހެނެކެވެ.
މި ކަމާއި ގުޅިގެން ފުލުހުން ހާމަކުރަށްވާ ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2012 ޑިސެމްބަރު 07 ވަނަދުވަހުގެ ދަންވަރު 03:00 އާއި ފަތިހު 06:00 ދޭތެރޭގެ ވަގުތެއްގައި ސ.ހުޅުދޫ މެގަޓްރެކް ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެފިހާރައިން ވައްކަންކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި ގުޅިގެން 2012 ޑިސެމްބަރު 07 ވަނަދުވަހުގެ 06:45 ހާއިރު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެރަށު ސައިޑް ކެފޭ ނަމަކަށް ކިޔާ ތަނެއްގެ ތެރޭގައި ހުއްޓާކަމަށެވެ.
މީގެ އިތުރުން ކެފޭ ތެރެއިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އޭނާ ހުރި ސަރަޙައްދަށް ވައްޓާލި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ރަބަރު ޕެކެޓް ފެނިފައި ވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަސް ހާމަކުރަސްވާ ގޮތުގައި މެގަޓްރެކް ނަމަކަށް ކިޔާ ފިހާރައިން ނެގި ތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް އޭނާގެ ހާޒިރުގައި އޭނާ ދިރިއުޅޭގެ ފުލުހުން ބަލައި ފާސްކުރަމުންދަނިކޮށް އެގޭގެ ގިފިލި ފަރާތުގައި ބަހައްޓާފައި ހުރި ޓައްޕެއްގެ ތެރެއިންކަމަށެވެ.
ވައްކަމުގެ މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކޮމެންޓް (0)
ލޯޑް ކުރަމުން...