ރާއްޖޭގެ ޚަބަރު ގެއްލުނު ހިތްވަރުބޯޓުގެ އެއްވެސް ޚަބަރެއް ނުވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި

ގެއްލުނު ހިތްވަރުބޯޓުގެ އެއްވެސް ޚަބަރެއް ނުވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި

ގެއްލުނު ހިތްވަރުބޯޓުގެ އެއްވެސް ޚަބަރެއް ނުވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިތްވަރު ބޯޓް: ހިތްވަރު ބޯޓް ހޯދުމަށް އިންޑިއަން ނޭވީގެ ޚާއްޞަ ފްލައިޓެއް ހަރަކާތް ތެރިވަމުން ދޭ

މިމަހުގެ 28 ވަނަ ދުވަހު މާލެއިން ފުރައިގެން ގދ އަތޮޅަށް ދަތުރުކުރި ހިތްވަރުބޯޓުގެ އެއްވެސް ޚަބަރެއް ނުވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
ހިތްވަރު ބޯޓް ހޯދުމަށް ކޯސްޓްގާޑުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެޕްޓަން އަހުމަދު މުޖްތަބާ ވިދާޅުވީ ލަފާކުރެވޭގޮތުގައި ހިތްވަރު ބޯޓް އިނޖީނު ހުއްޓިގެން އޮޔާދަނީ ކަމަށެވެ. ނަމަވެސް ބޯޓަށްވީގޮތެއް ސާފުކޮށް ވިދާޅުވާން ނޭންގޭކަމަށާއި މިހާތަނަށް ބެލިބެލުމުން ބޯޓްގެ އެއްވެސް އިޝާރާތެއް ވެފައި ނުވާކަމަށް ވެސް މުޖްތަބާ ވިދާޅުވިއެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުގައި މިހާތަނަށް 97،200 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށާއި އެ ބޯޓު ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދުގައި އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ބޯޓް ގެއްލިގެން އުޅޭކަން އިންޑިއާއާއި ސްރީލަންކާ އޮސްޓްރޭލިއާއި މޮރިޝަސް ސީޝެލްސްގެ އިތުރުންވެސް މިސަރަހައްދުގެ ގައުމުތަކަށް އަންގާފައިވާކަމަށާއި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ނުފެނުނު ނަމަވެސް، ކަނޑުފޭރޭ މީހުންގެ އަތްދަށަށް ބޯޓު ގެނެސްފާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
ހިތްވަރު ބޯޓް ގެއްލުނު އިރު އޭގައި ތިބީ ފަސް ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.