މާލެ އަތޮޅު ދިއްފުށީ އެދުރުގެ ގުރުއާން ކުލާހުން އިންތިޒާމް ކޮށްގެން 2010 ވަނަ އަހަރާއި 2011 އަހަރު ބޭއްވި ގުރުއާން މުބާރާތާއި މިއަހަރު ބޭއްވި ތަޖްވީދު ކުއިޒް މުބާރާތުގެ އިނާމްދިނުމުގެ ޖަލްސާ ރޭ ބާއްވާފިއެވެ.
މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އައްޝައިޚް ޢަލީ ޒާހިރު ބިން ޤާސިމް އެވެ.
ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ޝެއިޚް ޢަލީ ޒާހިރު ބިން ޤާސިމް ވިދާޅުވީ ގުރުއާން އުގަންނާދޭ މީހައަކީ އެންމެ ހެޔޮމީހާ ކަމަށާއި ގުރުއާނަށް ތަބާވީ ކަމަށްވާނީ ގުރުއާން ކިޔަވާން އެގުމާއި ގުރުއާނުގައި ބުނާއެއްޗެއް ފަހުން ވުމާއިއެކު އެއާއެއްގޮތަށް އަމަލުކުރުމުން ކަމަށެވެ.
ޓެޕް ކުންފުނީގެ ފަރާތުން ދިއްފުށީގައި ހިންގަމުން އަންނަ އެދުރުގެ ގުރުއާން ކުލާހުން ގުރޭޑް 01 ކުން ފެށިގެން 10ކަށް އަދި 40 އަހަރުން މަތީގެ ބޭފުޅުންނަށް ގުރުއާން ކުލާސްތައް ހިންގަނީ ހިލޭ ސާބަހަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...