ރާއްޖޭގެ ޚަބަރު "ޤުރްއާނާއި ބެހޭ" ވޯކްޝޮޕުގެ އިތުރު ބެޗެއް ބާއްވަނީ

"ޤުރްއާނާއި ބެހޭ" ވޯކްޝޮޕުގެ އިތުރު ބެޗެއް ބާއްވަނީ

"ޤުރްއާނާއި ބެހޭ" ވޯކްޝޮޕުގެ އިތުރު ބެޗެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ޤުރްއާނާއި ބެހޭ" ވޯކްޝޮޕުގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

"الوحي الأخير" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ހިންގި ކީރިތި ޤުރްއާނުގެ އެކިއެކި ފަންނުތަކާއި ގުޅޭގޮތުން މަޢުލޫމާތުދޭ ވޯކްޝޮޕުގެ އިތުރު ބެޗެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ހާމަކުރަށްވާ ދޮތުގައި މި ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކުރީ އަދި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ.

މީގެ އިތުރުން ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ، 28 އަދި 29 މި 3 ދުވަހު ކަމަށާއި ވޯކްޝޮޕްގައި ދެޖިންސުގެ ބޭފުޅުންނަށް ބައިވެރިވެވޭނެކަމަށްވެސް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

ޖަމްޢިއްޔަތުއްސަލަފުން އިތުރަށް ހާމަކުރައްވާ ގޮތުގައި މި ވޯކްޝޮޕުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ މައުޟޫޢު ތަކުގެ ތެރޭގައި، ކީރިތި ޤުރްއާނުގެ ތަޢާރަފަކާއި، ވަޙީގެ މާނައާއި، ޤުރްއާން ލިޔެ ރައްކާތެރިކުރެވުނު ގޮތާއި، ކީރީތި ޤުރްއާނާމެދު އުފެދިފައިވާ ޝުބުހަތަކުގެ އިތުރުން އަޢޫޛު ބިސްމި އާއި ފާތިހާ ސޫރަތުގެ ތަފްސީރުފަދަ ބައިތައްވެސް ހިމެނޭނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.